ޕާކިސްތާނުގެ ޖަލަކުން 200 ގައިދީން ފިލައިފިއެވެ.
ޕާކިސްތާނުގެ ފުލުހުން ބުނެފައިވާ ގޮތުގައި މި 200 ގައިދީން ފިލާފައި ވަނީ އިއްޔެ އެ ގައުމަށް އައި ބިންހެލުމުގައި ޖަލު ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ ޕާކިސްތާންގެ ވެރިރަށް ކަރާޗީގައި ހުންނަ މަލީރު ޖަލުން ފިލުނީ 200 ގައިދީންނަށް ނަމަވެސް ފިލަން މަސައްކަތް ކުރި މީހުންގެ އެތައް ހާހަކަށް އަރާ ކަމަށެވެ.
ޖަލުން ފިލަން މަސައްކަތް ކުރި އެހެން މީހުން މީހުން ވަނީ އެމީހުން ތިބި ގޮޅިތަކުން ނިކުމެ ޖަލުގެ ގޯތި ތެރޭގައި ތިއްބައި ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ބިންހެލުމުގެ އަސަރު އެޖަލު ހުރި ސަރަހައްދަށް ވެސް ކޮށްފައިވާއިރު ގައިދީންތައް ޖަލުން ނިކުތުމަށް ކުރި މަސައްކަތުގައި ޖަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ޖަލުގެ އޮފިސަރުންގެ ތެރެއިން ދެ އޮފިސަރަކަށް އަނިޔާވެފައިވާކަމަށާއި ގައިދީންގެ ތެރެއިން އެކަކު މަރުވެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ޖަލުން ފިލި ގައިދީން ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ނަމަވެސް އަދި މިހާތަނަށް ފެނިފައިވަނީ އެންމެ 80 މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަލުން ފިލި ގައިދީން ހޯދުމަށް ކަރާޗީގެ ގެތައްވެސް ފާސްކުރަމުން އަންނަ ކަމަށާއި އެމީހުން ހޯދުމުގައި އާންމުންގެ އެހީތެރިކމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
އެ ހާދިސާ ހިނގި ވަގުތު ޖަލުގައި 5000 ގައިދީން ތިބި ކަމަށް އޮފިޝަލުން ބުނާއިރު ޖަލުގެ ކެޕޭސިޓީއަކީ 2000 ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ކުޅިވަރު
ކީލިއާން އެމްބާޕޭ
އިންޑިއާ