މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނުކަން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެމްއޭސީއެލްއަށް 8.6 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރު ލިބުނު 7.6 ބިލިއަން ރުފިޔާއަށްވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ލިބުނު އާމްދަނީން ހަރަދަށް 4.6 ބިލިއަން ރުފިޔާ ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބުނުއިރު، ހިންގުމުގެ ހަރުދަތަކާއި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެމްއޭސީއެލް އަށް މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ.
އެމްއޭސީއެލް އަށް މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 902.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 21 ޕަސެންޓުގެ ކުރިއެރުމެކެވެ.
ފައިދާގެ ތެރެއިން ޑިވިޑެންޑުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް އެމްއޭސީއެލް އިން ދޭން ޖެހެނީ 75 މިލިއަން ރުފިޔާއެވެ. ނަމަވެސް 2023 ވަނަ އަހަރުވެސް ސަރުކާރަށް ޑިވިޑެންޑް ނުދައްކާ އޮތުމުން މިދިޔަ އަހަރު އެމްއޭސީއެލް އިން ވަނީ 150 މިލިއަން ރުފިޔާ ސަރުކާރަށް ދައްކައިފަ އެވެ.
ނަމަވެސް ކުރީ އަހަރުތަކުގައި ނުދައްކާ ހުރި ފައިސާ އާއެކު އެމްއޭސީއެލް އިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް އަދިވެސް 268.2 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެ އެވެ.
މުހައްމަދު ސިމާއު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް