ބޮޑު އީދަށް ހާއްސަކޮށްގެން ދިރާގުން އަގުހުރި އިނާމުތަކާއެކު ތަފާތު އޮފާތަކެއް ތައާރަފުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ އީދު ފަދަ މުނާސަބަތުތަކުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީދު ފާހަގަކުރުމަށް ކަސްޓަމަރުންނާ ގުޅިގެން، ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އެ އޮފާތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހި ކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ޝާރިހް ވިދާޅުވި އެވެ.

މިގޮތުން ދިރާގުން މިއަދު ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:

  • ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފުތާއަކު ޖުމުލަ 300 ރުފިޔާއަށްވުރެ މަތިން ރިލޯޑް ކޮށްގެން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު
  • އީދު ސްޓްރީމިން އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމް ކުރުމަށް އެންމެ 20 ރުފިޔާއަށް 25 ޖީބީ
  • ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާ ކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު
  • ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބާ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން
  • ފައިބާ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބާ ބްރޮޑްބޭންޑް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓަރު މުޅިން ހިލޭ
  • 100 ޖީބީ ޑޭޓާ އެޑްއޮން އާއެކު އިތުރު 25ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ކޮންމެ އެޑްއޮން އަކާއެކު އިތުރު 25 ޖީބީ މުޅިން ހިލޭ
  • ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކުއާޓަލީ އެޑްއޮން އެކްޓިވޭޓް ކޮށްގެން 180 ޖީބީ އާއެކު އިތުރު 50 ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ
  • ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާ އިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ
  • އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ

ދިރާގުން ބުނީ މި ހުރިހާ އޮފާތަކެއްވެސް 10 ޖޫން 2025ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ދިރާގުން މި އަހަރުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.