އީދު ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކެރީގެ އަސަރު ކުރިނަމަވެސް ކަނޑުދަތުރުތައް ނުކުރެވޭވަރަކަށް ކަނޑުތައް ގަދަ ނުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އޮފީހުގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
"ދަތުރު ނުކުރެވޭ ވަރަކަށް ކަނޑުތައް ގަދަވެގެންދާނެ ކަމަކަށް ނުބެލެވޭ. ހުޅަނގު މޫސުން ވީމަ ކޮންމެވެސް ވަރަކަށް ވިއްސާރަ ދައްކާ. އެކަމަކު އެހާ ގޯސްވެގެންދާނެ ކަމަކަށް ނުބެލެވޭ." އޮފިޝަލް ވިދާޅުވިއެވެ.
މުސުމާބެހޭ އިދާރާއިން މިއަދު ހެނދުުނު ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާކަމަށެވެ. އެއީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ބުންޏެވެ.
ކުރިޔަށް އޮތް އީދު ބަންދަށް އަންނަ ބުރާސްފަތިން ފެށިގެން ސަރުކާރު ބަންދުވާއިރު، ގިނަ ބަޔަކު އަންނަނީ ޗުއްޓީއަށް އެކި ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރު ވަމުންނެވެ.
އެހެން ޗުއްޓީ ތަކާ ހިލާފަށް ބޮޑު އީދަކީ ދިވެހީން ގިނަ އަދަދަކަށް އަތޮޅު ތެރެއަށް ދަތުރުކުރާ ދުވަސްވަރެކެވެ. އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ރަށްރަށުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް