ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
"ޓައިމްސް އޮފް އިންޑިއާ" ނޫހުން މިއަދު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ރާއްޖެ އާއި އިންޑިއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެކުލަވާލައިފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް މޯދީއަށް ދައުވަތު ދެއްވައިފައެވެ.
އެ ދައުވަތާ ގުޅިގެން އިންޑިއާ ސަރުކާރުން ރަސްމީކޮށް އަދި ކޮމެންޓެއް ކޮށްފައިނުވާ ކަމަށް "ޓައިމްސް އޮފް އިންޑިއާ" އިން ބުންޏެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން ދަނީ ރާއްޖެއިން ދައުވަތު ދިން ގޮތަށް މިނިވަން ދުވަހު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ވިސްނަމުން ކަމަށް "ޓައިމްސް އޮފް އިންޑިއާ"އިން ބުންޏެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ. ރައީސް މުއިއްޒު ވަނީ މީގެ ކުރިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.
މުހައްމަދު އިޝާން
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ