ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްލަފާކުރާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު "ވަން" އަށް ބުނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފަކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

"އުތުރުގެ ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް ލަފާކުރެވޭ. އެވްރެޖުކޮށް ވައި އުޅެނީ ދެކުނާއި ދެކުނު އުތުރުން. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. އެހެން ސަރަހައްދުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާދޭތެރޭގައި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެދާނެ،" މެޓް އޮފީހުން ބުންޏެވެ.

ދެކުނުގެ އަތޮޅުތަކަށް އަދައިގެ ވަރަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ވައި ދަގަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.