ދެމީހުން ގުޅިގެން އުޅޭއިރު މައްސަލަތައް ޖެހުމަކީ އާންމު ކަމެކެވެ. ތޮބީއީ ކަމެކެވެ. މިހެން ދިމާވާ ކޮންމެ މައްސަލައެއްގައިމެ އެކަކު އަނެކަކު "ބްލޭމް" ކުރުމަކީވެސް ވަރަށް އާންމު ކަމެކެވެ. ވަރަށް ގިނަ ފަހަރަށް ގުޅުންތައް ނިމިގެން ދަނީވެސް މި ކުށްވެރިކުރުމުގެ ތެެރެއިންނެވެ.
މި ލިޔުމުގައި ބަލައިމިލަނީ، މައްސަލައެއް ޖެހޭ އިރު، ނޫނީ އާންމުކޮށްވެސް ގޯސް ފަޅީގައި ހުރީ ތިބާކަމަށް ނިންމިދާނެ 8 ކަމެކެވެ. މި ކަންކަން ގަބޫލުކޮށް އިސްލާހުކުރާން ހިތްވަރެއް ލައިފި ނަމަ، ވަރަށް ގިނަ ކަންކަން ޕޮޒިޓިވްކޮށް ގެންގޮސް ގުޅުން ހަރުދަނާ ކުރުމަށް ފުރުސަތު ލިބޭނެ އެވެ.
މި 8 ކަންތަކާ މެދު ވިސްނައިލުން މުހިންމު
- އަބަދުވެސް ބަހުސުގައި ކާމިޔާބު ހޯދަން ބޭނުންވުން.
- ޕާޓްނަރުގެ އިހުސާސްތައް އޯވަރ ރިއެކްޝަނެއްގެ ގޮތުގައި ދެކުން.
- މަދުން މައާފަށް އެދުން، އަދި މައާފަށް އެދުނަސް "އެކަމަކު" އޭ ބުނެ ސަބަބެއް ދެއްކުން
- .މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ވާހަކަ ނުދައްކައި ހުރުން ނުވަތަ އަޑުނޭހުން.
- ރަނގަޅުކުރުމަށް ލަފާދިނުމުގެ ބަދަލުގައި އަބަދުވެސް ފާޑުކިޔައި ކުށްދެއްކުން.
- ޕާޓްނަރަށް އަމިއްލައަށް ހުރިހާ ކަމެއް އެނގެން ޖެހޭނެ ކަމަށް އުއްމީދުކުރުން ނުވަތަ ގަބޫލުކުރުން.
- މިހާރުގެ ކަންކަމުގައި ކަމާ ނުގުޅޭ ކުރީގެ ކަންކަން ހަނދާންކޮށްދިނުން.
- އަމިއްލަ އުނިކަންތައްތަކަށް ބެލުމުގެ ބަދަލުގައި ހުރިހާ ކަމެއްގައި ޕާޓްނަރު ކުށްވެރިކުރުން.
އެކްސްޕާޓުން ބުނާގޮތުގައި މިއިން ކަމެއް އަމިއްލަ ނަފުސުގައި ހުރިކަން އެނގޭ ނަމަ، އެކަމާ ދެކޮޅުހެދުމުގެ ބަދަލުގައި އެކަން ބަދަލުކުރުމުގެ ފުރުސަތެއްގެ ގޮތުގައި ދެކުން މުހިންމެވެ.
"ސެލްފް އެވެއަރނެސްއަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ބަދަލުވުމަށް އަޅާ ފުރަތަމަ ފިޔަވަޅެވެ. ރިލޭޝަންޝިޕްތަކަށް ބޭނުންވަނީ ޕަރފެކްޓް މީހުންނެއް ނޫނެވެ. ބޭނުންވަނީ ތެދުވެރި އަދި ކުރިއަރަން ބޭނުންވާ މީހުންނެވެ". އެކްސްޕާޓެއްގެ ލަފައެއްގައި ބުނެފައިވެއެވެ.
މި ނިޝާންތަކަކީ އަމިއްލަ ނަފުސާ މެދު ވިސްނައި، ގުޅުންތައް ރަނގަޅުކުރުމަށް މަގުފަހިކޮށްދޭނެ ކަންތައްތައް ކަމަށް ދިރާސާތަކުން ސާބިތުވެއެވެ. އަދި މިފަދަ ކަންކަން އިސްލާހުކުރުމަކީ ދެމެހެއްޓެނިވި އަދި އުފާވެރި ގުޅުންތަކަށް މަގުފަހިވާނެ ކަމެއްކަންވެސް ދިރާސާތަކުން އެނގި ސާބިތުވެއެވެ.
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް