މަޝްހޫރު ޓެލެންޓް ޝޯ "ބްރިޓަންސް ގޮޓް ޓެލެންޓް" ގެ ޝަރަފުވެރި 3 ވަނަ ނުވަ އަހަރުގެ ކުއްޖަކު ހޯދައިފި އެވެ. މި މަގާމު ހޯދީ އިންޑިއާގެ އާސާމް ސްޓޭޓުގެ ކުޑަކުއްޖެއް ކަމަށްވާ ބިނިތާ ޗެޓްރީ އެވެ.
ބިނިތާގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ މި ޝޯގެ ފައިނަލަށް ދިޔަ އިންޑިއާގެ ފުރަތަމަ ކުއްޖާއެވެ. މި ކާމިޔާބީއާއެކު ބިނިތާ ވަނީ އޭނާއަށް ވޯޓުދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި އިންޑިއާ، ނޭޕާލް، ބޫޓާން އަދި އޭޝިއާގެ އެހެނިހެން ގައުމުތަކުން ލިބުނު ހިތްވަރުން އޭނާއަށް ކުރިއަށް ދާން ފަސޭހަ ވި ކަމަށް ބުނެފައިވެއެވެ.
މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ބްރިޓިޝް މެޖީޝަން ހެރީ މޯލްޑިން އެވެ. ދެވަނައަށް ދިޔައީ އެލްއީޑީ ޑާންސް ގްރޫޕް "ދަ ބްލެކްއައުޓްސް" އެވެ.
ބިނިތާގެ ބައްޕަ އަމަރު ޗެތުރީ އަކީ ކުކުޅު ފާމެއް ހިންގާ މީހެކެވެ. އޭނާ ވަނީ ބިނިތާގެ ހުނަރު ދެނެގަނެ، އޭނާއަށް ޑާންސް ދަސްކޮށްދިނުމަށް ގުވާހަޓީ އަދި ޖައިޕޫރުގައި ތަމްރީނު ދީފައެވެ. މި ކާމިޔާބީއާ ގުޅިގެން އާސާމްގެ ސަރުކާރުން ބިނިތާއަށް މަރުހަބާ ކިޔާފައިވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ