މިއަދު ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.
މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 ހާއިރު އެވެ. އަދިވެސް ކަރަންޓެއް ނުލިބެއެވެ.
ފުލުހުން ދެންމެ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރު ނުވާނޭހެން އެ ހިދުމަތުގެ ކަންކަން އިންތިޒާމު ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމްއެޗް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކަށްވެސް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް