ރާއްޖޭގެ ސިއްހީ ދާއިރާ މިއަންނަ އަހަރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ ސިއްހީ ދާއިރާގެ ތަރައްގީއަކީ އެ މަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ އެއް ދާއިރާ ކަމަށެވެ. ސިއްހީ ހިދުމަތުގެ ފެންވަރާއި އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރަށްރަށުގައި ވަރަށް ގިނަ މަސައްކަތްކޮށް ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ސިއްހީ ދާއިރާ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު ތަނުން ރަނގަޅު ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މާލޭ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ޕަސަންޓެއް ދިރިއުޅެމުންދާ ސަރަހައްދު ކަމަށާއި ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ނިމި މިހާރު ހިދުމަތް ދެމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ހިދުމަތްތައްކުގެ ފެންވަރު މަތިވެގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު