މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަފުލާތައްް ބާއްވަން ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުއެެވެ.

"މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރަސްމީ ހަފުލާތަށް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ވަނީ ހުޅުވާލައިފައި." ފިޝަރީޒް މިނިސްޓްރީން މިއަދު ބުންޏެވެ.

ރަސްމީ ހަފުލާތައް ބޭއްވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ހަމަވާ ރަށްރަށުން އެކަމަށް އެދި އަންނަ ޖޫން މަހުގެ 19ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ގަވާމަންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.

"2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފުލާތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް" އާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭނަމަ ފިޝަރީޒް މިނިސްޓްރީގެ ނަންބަރު: 3339274 ފޯނަށް ގުޅުއްވުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.