އުތުރު ކޮރެއާގެ އަސްކަރީ މަނަވަރު ބަންޑުން ޖެހުނު މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެންމެ ޒަމާނީ ވަސީލަތް ތަކާއެކު އުތުރު ކޮރެއާ އިން ބަން ހަނގުރާމަ މަތީ އެ މަނަވަރު ބޭލުމުގެ ތެރޭގައި އަރި އަޅާލައި އެއްބައި ވަނީ ފެތިފައެވެ. އުތުރު ކޮރެއާގެ އޮފިޝަލުން ބުނެފައިވާ ގޮތުން އެ ހާދިސާ ހިނގީ މަނަވަރު ބޭލުމުގެ ތެރޭގައި ބެލެންސް ނުވުމުގެ ސަބަބުންނެވެ.

ނޯތް ކޮރެއާގެ މީޑިއާ އިން ބުނެފައިވާ ގޮތުން އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ޗީފް އިންޖީނިއަރުގެ އިތުރުން ކޮންސްޓްރަކްޝަންގެ އެންމެ އިސްވެރިޔާގެ އިތުރުން އެޑްމިނިސްޓްރޭޓިވް މެނޭޖަރެވެ.

އެ މީހުން ހައްޔަރުކޮށްފައި މިވަނީ މަނަވަރު އަރި އަޅާލުމަކީ ބޮޑު ކުށެއް ކަމަށާއި އެކަމުގައި ހަރުކަށި އަދަބު ދޭނެ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބުނެފައިވަނިކޮށެވެ.