މި އަހަރުގެ ފުރަތަމަ ހައްޖާޖީންނަށް ސައުދީ އަރަބިއާ އިން މަރުހަބާ ކިޔައިފިއެވެ.
އަހަރުގެ ހައްޖަށް ސައުދީއަށް ފުރަތަމަ އެތެރެވި ހައްޖު ގުރޫޕަށް މަރުހަބާ ކިޔާފައިވަނީ އެ ގައުމުގެ ޔަންބޫގައި ހުންނަ ޕްރިންސް އަބްދުލްމޮހްސިން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް އައި ހައްޖުވެރިންނަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުދީގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ހުކުރު ދުވަހު އެ ގައުމަށް އެތެރެވި ފުރަތަަމަ ހައްޖުވެރިންގެ ގުރޫޕުގައި ހިމެނެނީ އޮސްޓްރޭލިއާ އާއި ސިންގަޕޫރުގެ އިތުރުން ނިއުޒިލެންޑާއި ބަންގްލަދޭޝް އާއި އިންޑޮނޭޝީއާ އަދި ސޫދާންގެ ހައްޖުވެރިންނެވެ.
ހައްޖުވެރިންނަށް މަރުހަބާ ކިއުމަށް އެއާޕޯޓުތަކުގައި ހަރަކާތްތެރިވެފައިވަނީ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ އިތުރުން އެކި އިދާރާތަކުން ގުޅިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ހައްޖުވުމަށް ސައުދީއަށް އެއްގަމު މަގުންނާއި ވައިގެމަގުން އަދި ކަނޑުމަގުންވެސް މީހުން ވަނީ ޖަމާވާން ފަށައިފައެވެ. އެގޮތުން ހުކުރު ދުވަހު 890،883 މީހުން ހައްޖުވުމަށް އެ ގައުމަށް އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ވައިގެ މަގުން 846،415 މީހުންގެ އިތުރުން ކަނޑުމަގުން 2822 މީނުންނާއި އެއްގަމު މަގުން ބޯޑަރު ހުރަސްކޮށް 41،646 މީހުން ގައުމަށް އެތެރެވެފައިވެއެވެ.
މުހައްމަދު އައުޒަމް
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ