ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް ކޭންސް ފިލްމް ފެސްޓިވަލްގައި ފުރަތަމަ ފަހަރަށް ބައިވެރިވެ، ޑެބިއުގައި ލައިގެން ހުރީ ހަމުގެ ކުލަޔަށްދާ އެމްބްރޮއިޑަރީ ކޮށްފައިވާ ގައުނެކެވެ.
އާލިއާ ވަނީ އޭނާގެ މި ފެނިލުމުގެ ސްނީކް ޕީކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ގައުނުގައި މާމެލާމެލީގެ ޑިޒައިންތައް ހިމެނެއެވެ. އާލިއާ ފެސްޓިވަލުގައި ބައިވެރިވަނީ ލޯރިއަލް ޕެރިސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައެވެ.
އާލިއާ ވަނީ ކޭންސްގައި ބައިވެރިވެވުމުން، އުފާ ފާޅުކޮށްފައެވެ. އެގޮތުން ކޭންސްގައި ބައިވެރިވުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށާއި ރީތިކަމަކީ ކޮންމެ މީހެއްގެ އަމިއްލަވަންތަކަމާއި އިތުބާރު ފާހަގަކުރުން ކަމަށް ބުންޏެވެ.
މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގެ ތީމަކީ "ލައިޓްސް، ބިއުޓީ އެންޑް އެކްޝަން" އެވެ. އާލިއާ ބަޓް ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. އާލިއާގެ ފެނިލުމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ.
އެމެރިކާ
ހޮލީވުޑް
އިނގިރޭސިވިލާތް