ދެކުނު ކޮރެއާގެ ގުމީގައި މިމަހުގެ 27 އިން 31 އަށް ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނަކީ އިބާދުﷲ އާދަމްއާއި ޒިވާ މޫސާ ޝަފީއު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ބުނީ އޭޝިއާ މުބާރާތުގައި، އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގައި ކަމަށާއި، ޒިވާ ވާދަކުރުމަށް މިވަގުތު ފައިނަލް ކުރެވިފައިވަނީ 200 މީޓަރު އިވެންޓުގައި ކަމަށެވެ. ޒިވާ އިތުރު އެއް އިވެންޓްގައި ވާދަކުރަންވެސް ނިންމާފައިވާ އިރު، ދެން އޭނާ ވާދަކުރާނީ 100 މީޓަރު އިވެންޓްގައި ތޯ ނޫނީ 400 މީޓަރު އިވެންޓްގައި ނިންމާނީ ފަހުން ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ޒިވާއާއި އިބާދުﷲއަކީވެސް މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ ދެ އެތުލީޓުންނެވެ. އިބާދުﷲ މިދިޔަ އަހަރު ޕެރިސް އޮލިމްޕިކްސްގައިވެސް ވާދަކޮށްފައިވާ އިރު، ޒިވާ ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.
އިބާދުﷲއާއި ޒިވާވެސް ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރުމުންދާ ނަމަވެސް، މިވަގުތު ތަމްރީނުތައް ކުރަމުން ދަނީ ރާއްޖޭގައެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް