ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އައިޝްވަރިޔާ ރާއީ ކޭންސް ފިލްމް ފެސްޓިވަލްގެ ދެވަނަ ދުވަހު ކަޅު ގައުނެއްގައި ބެލުންތެރީންގެ ސަމާލުކަން ހޯދައިފިއެވެ. މި ގައުނަކީ މަޝްހޫރު ޑިޒައިނަރު ގައުރަވް ގުޕްތާގެ ޑިޒައިނެކެވެ.
އައިޝްވަރިޔާގެ ގައުނުގައި ހުދު ކުލައިގެ ސެކުއިން ޑްރޭޕެއް ހިމެނެ އެވެ. ފުރަތަމަ ދުވަހު ލައިގެން ހުރީ މަނީޝް މަލޯތްރާގެ ހުދު ސާޅިއެކެވެ.
އައިޝްވަރިޔާ ކޭންސްގައި ބައިވެރިވަނީ ލޯރިއަލް ޕެރިސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައެވެ. ރެޑް ކާޕެޓްގައި ފެނުނީ ހެލެން މިރެން އަދި ކާރާ ޑެލެވިންގްނޭއާ އެކުގައެވެ.
އައިޝްވަރިޔާ ފުރަތަމަ ފަހަރަށް ކާންސްގައި ބައިވެރިވީ 2002 ގައެވެ. އޭނާއަކީ ކޭންސް ފިލްމް ފެސްޓިވަލްގައި އެންމެ ގިނައިން ބައިވެރިވާ އިންޑިއަން ތަރިންގެ ތެރެއިން އެކެކެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް