ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް ހަދަން ލެޓާ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލް އިދާރާއެއްގެ އާ އިމާރާތްތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީންނެވެ. ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ

ޗައިނާގެ އެހީގައި ކައުންސިލް އިމާރާތް ހަދާ ރަށްތައް:

  • ހދ. ވައިކަރަދޫ
  • ށ. ފޭދޫ
  • ށ. ކޮމަންޑޫ
  • ށ. ގޮއިދޫ
  • ހއ. ވަށަފަރު
  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ހދ. ކުމުންދޫ
  • ހދ. ނޭކުރަންދޫ
  • ށ. ނަރުދޫ
  • ނ. ހެނބަދޫ
  • ނ. ޅޮހި
  • ނ. ފޮއްދޫ
  • ނ. މަނަދޫ
  • ނ. މަގޫދޫ
  • ނ. ލަންދޫ
  • ރ. ވާދޫ
  • ރ. ހުޅުދުއްފާރު
  • ބ. ކަމަދޫ
  • ބ. ކުޑަރިކިލު
  • ބ. ފެހެންދޫ
  • ބ. އޭދަފުށި
  • ބ. ތުޅާދޫ
  • ބ. ކިހާދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. ކާށިދޫ
  • ކ. ގުރައިދޫ
  • ކ. ތުލުސްދޫ
  • ކ. ގާފަރު
  • އދ. ކުނބުރުދޫ
  • އދ. މަހިބަދޫ
  • އދ. ފެންފުށި
  • މ. މުލި
  • މ. ދިއްގަރު
  • މ. މުލައް
  • ފ. ފީއަލި
  • ދ. ހުޅުދެލި
  • ދ. ބަނޑިދޫ
  • ތ. އޮމަދޫ
  • ތ. ގާޑިއްފުށި
  • ތ. ބުރުނީ
  • ތ. ގުރައިދޫ
  • ތ. ވޭމަންޑޫ
  • ލ. މާބައިދޫ
  • ލ. ކުނަހަންދޫ
  • ލ. މާވަށް
  • ގއ. މާމެންދޫ
  • ގއ. ނިލަންދޫ
  • ގދ. މަޑަވެލި

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ އެވެ. އެގޮތުން ބާވަތް އެކެއްގެ ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލް އިދާރާ އެވެ. ބާވަތް ދޭއް ގައި ހިމެނެނީ 20 ކައުންސިލްގެ އިދާރާއެވެ.