ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭ، މޯލްޑިވްސް އެކްސްޕޯ 2025ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބާއްވާ މޯލްޑިވްސް އެކްސްޕޯ ވެގެންދާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި އެއްބައިވަންތަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށެވެ.

އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކުވެސް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. އެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ އެވެ.

މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.