ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ން އެތަނުގެ މުވައްޒަފުންނަށް ފޯރުކޮށްދިން ތަމްރީނުތަކަށް ހަރަދުވި ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓު އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެޗްއާރްސީއެމްގެ ދެ މުވައްޒަފަކަށް 2013 އަދި 2014 ވަނަ އަހަރު "މާސްޓާސް އިން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން" ކޯހަށް ހަރަދުކޮށްފައިވާ ފައިސާއިން ލިބެން ޖެހޭ 612،958 ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެެއް 13 ޑިސެމްބަރު 2023 ގެ ނިޔަލަށް ކޮމިޝަނަށް ލިބިފައި ނުވެއެވެ.
އޭގެ ތެރެއިން އެއް މުވައްޒަފަކަށް 2013 ވަނަ އަހަރު ހަރަދުކޮށްފައިވާ ފައިސާއިން އަނބުރާ ލިބެން ޖެހޭ 430،073 ރުފިޔާގެ މައްސަލަ ސިވިލް ކޯޓުގައި 08 ފެބްރުއަރީ 2023 ގައި ރަޖިސްޓްރީކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވާތީ މައްސަލައާ މެދު ގޮތެއް ނިމިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެޗްއާރްސީއެމްއިން 2014 ވަނަ އަހަރަކު އެހެން މުވައްޒަފަކު ކޯސް ފުރިހަމަ ކުރުމަށް ހަރަދު ކުރި 182،885 ރުފިޔާ ހޯދުމަށް ޓަކައި 16 ފެބްރުއަރީ 2020 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި 2020 އާއި 2023 އާ ދެމެދު މައްސަލައިގެ އަޑުއެހުންތައް އެކިފަހަރު މަތީން ބާއްވާފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.
ނަމަވެސް އެފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވާތީ މައްސަލައާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިމި ގިނަ ދުވަސްވެފައިވާކަން ރިޕޯޓުގައި ފާހަގަކުރިއެވެ.
މުހައްމަދު އިޝާން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް