މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފިއެވެ.
ފަޒީލް މިއަދު "ވަން" އަށް ބުނީ އޭނާ ސަސްޕެންޑު ކުރިކަން ފޯނުން ގުޅާފައި އަންގާފައިވާ ކަމަށެވެ.
"ވޯކިން ސެވަންޑޭސް ސަސްޕެންޝަން. އަދި އަދަދަށްވެސް އަޅުގަނޑަށް އެޗްއާރުގައި އިންނަ ކުއްޖާ ގުޅާފައި ބުނީ ސަސްޕެންޑުކޮށްފައޭ ކޮމިޝަނަރުން އެގޮތަށް ނިންމައިފިއޭ. އެހެންވީމަ 7 ޑޭސްއަށް ސަސްޕެންޑު ކޮށްފައޭ ތިހުރީ. ކިޔާފައި ހަމައެކަނި ފޮނުން އެހެންބުނީވެސް. އޭއީކީއެއްނޫންދޯ އެކަންތައް ކުރަންޖެހޭނެ ގޮތަކީ." އޭނާ ބުންޏެވެ.
ފަޒީލް ބުނީ މިހާތަނަށް އައިރުވެސް ސަސްޕެންޑު ކުރި ކަމަށް ރަސްމީ ލިޔުމަކުން އަންގާފައިނުވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން އިއްޔެ ދިޔަ ކަމަށެވެ.
އޭގެ އިތުރުން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
ޒީނިޔާ ސަސްޕެންޑު ކުރީ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެއެވެ. ބްރޯޑްކޮމްގެ ޒީނިޔާ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ސަސްޕެންޑުކޮށްފައެވެ.
ފާތިމަތު ލިއުޝާ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން