ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އައިޝްވަރިޔާ ރާއީ ބަޗަން މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި އެޅީ ހުދުކުލައިގެ ބަނާރަސީ ސާޅިއެކެވެ. މި ސާޅި ޑިޒައިން ކޮށްފައިވަނީ މަނީޝް މަލޯތްރާ އެވެ.
މިއީ އައިޝްވަރިޔާ މި ފެސްޓިވަލުގައި ބައިވެރިވާ 22 ވަނަ ފަހަރެވެ.
މި ސާޅީގައި ރަން ކުލައިގެ އެމްބްރޮއިޑަރީ އަދި ސީކުއިން ޑީޓެއިލިން ހިމެނެއެވެ. އަޅާފައިވާ ގަހަނާތަކުގައި 500 ކެރެޓްގެ މޮޒަމްބީކް ރުބީ އަދި އަންކަޓް ޑައިމަންޑް ހިމެނެއެވެ.
އިސްތަށިގަނޑު އޮތީ ނުއައްސައި ދޫކޮށްލައިފައެވެ. އަދި ބޮލުގައި ސިންދޫރުވެސް އަޅާފައި ހުއްޓެވެ. ޖައްސާފައި ހުރީ ރަތް ކުލައިގެ ލިޕްސްޓިކެކެވެ. މީގެ ކުރީންވެސް އައިޝްވަރިޔާ ވަނީ ކާންސް ފިލްމް ފެސްޓިވަލްގައި ހުދު ކުލައިގެ ހެދުން ލައިގެން ފެނިފައެވެ. އެއީ 2009 ގައި ލި ރޮބަޓޯ ކަވާލީގެ ހުދު ކުލައިގެ ގައުނެކެވެ.
އައިޝްވަރިޔާ ރާއީ ބަޗަން އަކީ ކޭންސް ފިލްމް ފެސްޓިވަލްގައި އެންމެ ގިނައިން ބައިވެރިވާ އިންޑިއާގެ ތަރީންގެ ތެރެއިން އެކެކެވެ. އޭނާގެ ފެނިލުން ތަކަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ފެނިލުންތަކެކެވެ. އޭނާގެ މި އަހަރުގެ މި ފެނިލުމަކީވެސް ގިނަ ބައެއްގެ ތައުރީފު ލިބުނު ފެނިލުމެކެވެ.
މީގެ ކުރީގެ ފެސްޓިވަލް ތަކުގައި އައިޝްވަރިޔާ ހެދުން އަޅާ ގޮތުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. މިފަހަރު އޭނާ ލައިގެން ހުރީ ނިވާކަން ބޮޑު، ސާދާ ހެދުމެކެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް