ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އޭވިއޭޝަން ފޯރަމް މި މަހުގެ 27 ވަނަ ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބާއްވަން ނިންމައިފިއެވެ.
މީޑިއަމް އިވެންޓްސް އިން އިންތިޒާމުކުރާ މި ފޯރަމަކީ އެއާލައިން އޮޕަރޭޝަންސް ކޮމިޓީ (އޭއޯސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ފަދަ ޖަމިއްޔާތަކުން އެންޑޯސްކޮށްފައިވާ ފޯރަމެކެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ)ގެ ދިރާސާއަކުން ދައްކާ ގޮތުން، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ 154 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ.
އެގޮތުން 2038 ވަނަ އަހަރާ ހަމައަށް އިތުރު 4.7 މިލިއަން ފަސިންޖަރުން ރާއްޖެއިން ފުރާނެ ކަމަށް ބެލެވޭއިރު މި ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ ޖުމުލަ ގައުމީ އުފެއްދުންތެރިން (ޖީޑީޕީ) އަށް ބިލިއަން އެމެރިކާ ޑޮލަރު އިތުރުވެ، 92,000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ދިރާސާގައި ލަފާކޮށްފައިވެ އެވެ.
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން