މާފަންނު ސަހަރާ ތަރައްގީ ކުރާނީ ހެންވޭރު އަޑިޕާކު ނުވަތަ ލޮނުޒިޔާރަތް ޕާކު ކޮންސެޕްޓަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ޕާކިން ޒޯނެއް ތަރައްގީކުރަން 36،153 އަކަފޫޓުގެ މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ޖަލްސާގައި ކައުންސިލުގެ ޕްރޮޖެކްޓް މެނޭޖުމަންޓް ކޮންސަލްޓަންޓް ރަމްޒީ އަބޫބަކުރު ވިދާޅުވީ މާފަންނު ސަހަރާގެ ލޭންޑްސްކޭޕިން ހެދުމަށް ހަވާލުކުރީ 27 އޮގަސްޓު 2019 ގައި ލޭންޑް ސްކޭޕިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އަދި އެ މަސައްކަތުގެ އެގްރިމެންޓުގައި ސޮއިކުރީ 8 ސެޕްޓެޕްބަރު 2024ގައި ކަމަށް ވިދާޅުވި އެވެ.
ރަމްޒީ ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދާ އެ މަސައްކަތުގެ ޖުމުލަ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މާފަންނު ސަހަރާގެ ނަން "މާފަންނު މައިޒާން" ގެ ނަމަށް ބަދަލުކުރުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މާފަންނު މައިޒާން ތަރައްގީކުރަން ނިންމާފައިވާ ގޮތް:
- ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް މުޅި މައިޒާން ދިއްލާނެ
- 295 ސައިކަލު ޕާކު ކުރެވޭ ގޮތަށް ޕާކިން ޒޯނަށް 11،141.063 އަކަފޫޓް
- 3 އޮން 3 ބާސްކެޓް ކޯޓަށް 2،476.67 އަކަފޫޓް
- ބަސް ސްޓޮޕެއް ހަދަން 200 އަކަފޫޓް
- ހަފުލާތައް ބޭއްވުމަށް ހާއްސަކޮށްގެން 9،418.40 އަކަފޫޓް
- ގްރީން އޭރިޔާގެ ގޮތުގައި 3،367.24 އަކަފޫޓް
- ވޯކްވޭއަށް 3،344.63 އަކަފޫޓް
ފާތިމަތު ލިއުޝާ
ކުށް
ކުށް
އެމެރިކާ