ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނަށް ރަނގަޅީ ރާއްޖެއަށް ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ނުކުރުން ކަމަށެވެ.
"މި ދާއިރާ އިން އާމްދަނީ ހޯދާކަށް ނުވިސްނަން. މި ދާއިރާ އިން ލިބޭ އެއްޗެއް ވިއްޔާ އަޅުގަނޑުމެން ހޭދަކުރަން ނިންމާފަވަނީ އާންމު ސިއްހަތު ރަނގަޅުކުރަން އިނގޭތޯ. ރައްޔިތުންގެ، ޕަބްލިކް ހެލްތު ސިޓިއޭޝަން މި އިމްޕްރޫވް ކުރަން އަޅުގަނޑުމެން ހަރަދުކުރަން ނިންމާފައި ވަނީ. ހޭލުންތެރިކުރުވުމާ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް އަދި ސިއްހީ ދާއިރާ ޖުމުލަ ގޮތެއްގައި ތަރައްގީކުރަން ލިބޭ އެއްޗެއްވިއްޔާ ހަރަދުކުރާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދުންފަތުގެ ބާވަތްތައް އެތެރެކުރުން އެއްކޮށް މަނާނުކުރާ ހިނދަކު، އެ އެތެރެކުރާ ބަޔަކު އެ ތަކެތި އެތެރެކުރާ އެއްޗަކުން ނަގާ ޑިއުޓީއެއް ބަޖެޓުގައި ޖަހަންޖެހޭ ކަމަށެވެ. އެހެން ގައުމެއްގައި ޖެނެރޭޝަން ބޭންއެއް ތަންފީޒު ނުކުރެވި ދިއުމަކީ އެ ގައުމަކާ ރާއްޖެއާ އަޅާކިޔަންޖެހޭ ސަބަބެއް ނޫން ކަމަށާއި ރާއްޖެއަށް "ޔުނިކް" ސޮލިއުޝަނެއް ހޯދޭނެ ކަމަށްވެސް ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު