ޓްރީ ޓޮޕް ހޮސްޕިޓަލުން ދ. ކުޑަހުވަދޫގައި ހެލްތް ކޭމްޕެއް ބާއްވައިފިއެވެ.
މިއީ އެ ހޮސްޕިޓަލުން މި އަހަރު ކުރިއަށް ގެންދިޔަ ދެވަނަ ކޮމިއުނިޓީ ހެލްތު އިނީޝިއޭޓިވް ކޭމްޕެވެ. ފުރަތަމަ ހެލް ކޭމްޕް ބޭއްވީ މި އަހަރުގެ ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހު ތ. ވޭމަންޑޫގައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ކުޑަހުވަދޫގައި މިދިޔަ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވި ހެލްތް ކޭމްޕުގައި 400 އެއްހާ މީހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ.
ހެލްތް ކޭމްޕްގައި ބައިވެރިވި ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ކޮންސަލްޓަންޓް ޑޮކްޓަރުން:
- ޑރ. ޒާކިޔާ އަހުމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް.
- ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް، ހާއްސަކޮށް ކޮނޑުހުޅާއި ކުޅިވަރުގެ އަނިޔާތައް.
- ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް.
- ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް.
- ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް.
- ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް.
- ޑރ. އުކްތަމް އަބްދުއްލައެވް - ޖެނެރަލް ސާޖަން.
ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރަށް ބުނީ ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަަކަށް ހާއްސަ ޑރ. ޒާކިޔާ އަހުމަދު، އަންހެނުންގެ ސިއްހަތާއި ދަރިމައިވުމާ ގުޅޭ ހާއްސަ މައުލޫމާތު ސެޝަންއެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ.
ހެލްތް ކޭންޕު އިންތިޒާމުކޮށް ކުރިޔަށްގެންދިއުމުގައި ބައިވެރިވި އެހީތެރިން:
- އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލާއި ކުޑަހުވަދޫ ކައުންސިލު
- ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
- ހެލްތް ކޭމްޕްގެ ވައިގެ ދަތުރުތައް އިންތިޒާމްކޮށްދިނުމުގައި ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން މަންޓާ އެއާ
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ފާތިމަތު ލިއުޝާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް