ބ. ހިތާދޫ ބަނދަރު ބްރޭކްވޯޓާ އަދި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިދިޔަ އާދިއްތަ ދުވަހު ބުނީ އެ މަސައްކަތަށް ބޭނުންވާ ހިލަތަކުގެ ދެވަނަ ޝިޕްމަންޓް މިހާރު ސައިޓަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްގެންދަނީ ބްރޭކްވޯޓާ ޕްރޮފައިލިންގެ މަސައްކަތްތައް ކަމަށެވެ.

ހިތާދޫ ބަނދަރު ބްރޭކްވޯޓާ އެންޑް ކުއޭވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުމްލަ 25.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމާއި ބްރޭކްވޯޓާ ހެދުމާއި ގްރޮއިން ހެދުމާއި ރޭމްޕަކާއި ބްރިޖެއް ހެދުން ހިމެނެއެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

595.7 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ހިލަ ޖެހުން.

335.88 މީޓަރު ކުއޭ ވޯލްގެ މަސައްކަތާއި ޕްރީކާސްޓް އެލް ބްލޮކްގެ މަސައްކަތް.

27435 ކިއުބިކް މީޓަރު ޑްރެޖިންގެ މަސައްކަތް.

1729.4 އަކަ މީޓަރު ހާބަރު ޕޭވިން މަސައްކަތް.

75 މީޓަރު ޖެޓީއެއް.

22 މީޓަރު ބްރިޖް