މާލެގެ ނޯތު ހާބަރު ސަރަހައްދުގައި އިއްޔެ ގެނބިގެން ސަލާމަތް ކުރި މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އިއްޔެ މެންދުރު 11:30 އެހާކަންހާއިރު ނޯތު ހާބަރު ސަރަހައްދުގައި އޮޔާ ގޮސްގެން ގެނބިފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެެޗުން "ވަން" އަށް މިއަދު ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.
"އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންގެންދަނީ،" އައިޖީއެމްއެޗުން ބުންޏެވެ.
އެ މީހާ ގެނބެނިކޮށް ސަލާމަތްކޮށްދިނީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުއްﷲ އަރީފް (ފުކޫ)އެވެ.
ފުކޫ، ގެނބުނު މީހާ ސަލާމަތްކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެ ފޮޓޯތަކުން ފެންނަނީ ފައްޗެއް އެހީގައި ފުކޫ މޫދަށް ފުންމާލައިގެން ގޮސް ގެނބުނު މީހާ ސަލާމަތް ކުރާ މަންޒަރެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
މި ހަބަރުގެ ފަހުގެ އަޕްޑޭޓެއް ނެއްތޯ އަދި
ފަހީމް - 1 އަހަރު ކުރިން