އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ފާސްކުރުމާއެކު ހިއްސާގެ ފައިދާ ވަގުތުން ހިއްސާދާރުންނަށް ޖަމާކޮށްދީފި އެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އޭޖީއެމްގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރީ ހިއްސާއަކަށް 80 ރުފިޔާއެވެ. އެ އަދަދު ފާސްވީ ޖަލްސާގައި ބައިވެރިވި 299 ހިއްސާދާރުންގެ 99.9 ޕަސެންޓް ވޯޓުންނެވެ.
ރޭގެ ޖަލްސާގައި ހިއްސާދާރުންގެ ހިޔާކު ފާޅުކޮށް، ޑިރެކްޓަރުންނާ ސުވާލު ކުރުމަށް އޮތް ފުރުސަތުގައި ހިއްސާދާރަކު ވަނީ އަހަރީ އާންމު ޖަލްސާ ކުރިއަށް ދަނިކޮށް ހިއްސާދާރުންނަށް ފައިސާ ޖަމާވުމަކީ މީގެ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައި ނުވާ ކަމެއްކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
"ދެންމެ އަޅުގަނޑުމެން ވޯޓުލީ ހިއްސާގެ ފައިދާ ލިބިއްޖެ. އަޅުގަނޑަށް ލިބިއްޖެ. މި ދައްކަނީ ރަނގަޅު ވާހަކައެއް ކަމުގައިވާ ނަމަ އަޅުގަނޑު ބޭނުން ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ސަބަބަކީ މިއީ ރާއްޖޭގެ ރެކޯޑެއް،" އެ ހިއްސާދާރު ބުންޏެވެ.
އެކަން ފާހަގަކުރުމުން ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން އަތްތިލަބަޑި ޖަހައިފަ އެވެ.
އެ ހިއްސާދާރު ބުނި ގޮތުގައި މީގެ ކުރިން އެސްޓީއޯގެ ހިއްސާގެ ފައިސާ ޖަމާނުވެގެން އެތައް ފަހަރެއްގެ މަތިން ކުންފުންޏަށް ގުޅަން ޖެހުނު އިރެއްވެސް ދިޔަ ކަމަށެވެ.
މުހައްމަދު ސިމާއު
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ