ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ކާސްޓް ފައިނަލް ކޮށްފިއެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރު ގައެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޝާހު މި ފިލްމުގައި ފެންނާނީ އެސެސިންއެއްގެ ރޯލުންނެވެ. ޝާހުގެ ދަރިފުޅު ސުހާނާ ޚާން ފެންނާނީ އޭނާގެ ޕްރޮޓެޖޭގެ ރޯލުންނެވެ. ރާނީ މުކަރުޖީ ފެންނާނީ ސުހާނާގެ މަންމަގެ ރޯލުުންނެވެ. އަބީޝެކް ބަޗަން އަދި އަނިލް ކަޕޫރު ފެންނާނީ ވިލަންގެ ރޯލުގައެވެ.

ދީޕިކާ ޕަދުކޯން މި ފިލްމުގައި މުހިންމު ދައުރެއް އަދާކުރާނެ އެވެ. ޖެކީ ޝްރޮފް އަދި ޖައިދީޕް އަހްް އަހްލާވަތުވެސް ވިލަންގެ ރޯލުގައި ފެންނާނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ސިއްދާރުތު އާނަންދް އެވެ.

މި ފިލްމުގެ ޝޫޓިން ފެށީ މާޗުމަހު ގައެވެ. މިފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ސުޖޮއި ގޯޝް އެވެ. މި ފިލްމު އުފައްދަނީ ރެޑް ޗިލީސް އެންޓަޓެއިންމަންޓް އާއި މާފްލިކްސްއިންނެވެ.