އިދިކޮޅު ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ބައިނަލްއަގުވާމީ މުޖުތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކެއްގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ނަމަވެސް ދެ ފަނޑިޔާރުންވެސް މަގާމުން ވަކިކުރީ ޖަވާބު ދާރީވުމުގެ ފުރުސަތުވެސް ނުދީ، ކަންކަން ސިއްރުކޮށްގެން ކަމަށްވާތީ އެކަން ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ދަނީ އެ ވާހަކަތައް ބައިނަލްއަގުވާމީ މުޖުތަމައުތަކާ ހިއްސާ ކުރަމުންނެވެ.
އެކަންކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވި އެވެ.
ހަލީލު އިތުރަށް ވިދާޅުވީ، ޖުޑީޝަރީގެ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މުހައްމަދު ސިމާއު
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް