އެޕަލްއިން އެ ކުންފުނީގެ އެއަރޕޮޑްސް ޕްރޯ 3 ނެރުމުގެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ކަން އެނގިފައި ވަނީ އެޕަލްގެ ސޮފްޓްވެއަރ ލީކެއްގެ ސަބަބުންނެވެ. އެއަރޕޮޑްސް ޕްރޯ 3 ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

އެއަރޕޮޑްސް ޕްރޯ 3 ގައި އެޗް3 ޗިޕް ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. މި އެއަރޕޮޑްސްގައި އޯޑިއޯ ޕްރޮސެސިންގ، ބެޓެރީ ލައިފް އަދި އެކްޓިވް ނޮއިޒް ކެންސަލޭޝަން ރަނގަޅު ވާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އެއަރޕޮޑްސް ޕްރޯ 3 ގައި ވިޝަން ޕްރޯއާ އިތުރަށް އިންޓެގްރޭޓްވެފައިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ. މި އެއަރޕޮޑްސްގައި ޕަރސަނަލައިޒްޑް ސްޕެޝަލް އޯޑިއޯ އަދި ހެލްތު ޓްރެކިން ފީޗާތައް ހިމެނޭނެ ކަމަށްވެސް ގިނަ ހަބަރުތައް ބުނެއެވެ.

އެއަރޕޮޑްސް ޕްރޯ 3 ނެރުމަށް ހަމަޖެހިފައިވަނީ އައިފޯން 17 އާއި އެޕަލް ވޮޗް އަލްޓްރާ 3 އާ އެކުގައެވެ.

އެޕަލްއިން އަދި މި އެއަރޕޮޑްސްއާ ބެހޭ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު މި އެއަރޕޮޑްސްއަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައިވެއެވެ.