ސްރީ ލަންކާގައި މަދިރިން ޖެހޭ ބަލިތައް ގިނަވާތީ ސަމާލުވާން އަންގައިފިއެވެ.
ލަންކާގެ އެކި ސަރަހައްދުތަކުގައި މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރެއިން ޑެންގޫ އާއި ޗިކަންގުންޔާގެ ކޭސްތައް އިތުރުވަމުން އަންނައިރު އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ އެ ބަލިތަކުގެ އިތުރުން އިންފްލުއެންޒާގެ ކޭސްތައްވެސް ލަންކާގައި ގިނަވާން ފަށާފައިވާ ކަމަށް ބުނެފައެވެ.
އިންފްލުއެންޒާގެ ކޭސްތައް އެންމެ ގިނައިން ފާހަގަވެފައިވަނީ ކުޑަކުދިންގެ ފަރާތުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ލަންކާގެ ސިއްހީ އިދާރާއިން ވަނީ އެ ގައުމުގެ އެކި ސަރަހައްދުގައި މަދިރި ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. އަދި ގަދަޔަން ހުން އައުމާއި ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ގައިގައި ރިއްސުން ފަދަ އަލާމާތްތައް ފާހަގަވާނަމަ ވީހާވެސް އަވަހަށް ސިއްހީ އެހީތެރިކަން ހޯދުމަށް އެދިފައިވެއެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ