މަޝްހޫރު ކްރައިމް ތްރިލަރ ސީރީޒް "ދަހާދް" ގެ ދެވަނަ ބައެއް އުފައްދާކަން އިއުލާނުކޮށްފިއެވެ. މި ސީރީޒްގައި ސޮނާކްޝީ ސިންހާ، ގުލްޝަން ދެވައިއާ އަދި ވިޖޭ ވަރުމާ ބައިވެރިވެއެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި "ދަހާދް 2" ގެ ސްކްރިޕްޓް މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ޕްރައިމް ވީޑިއޯއިން މި ސީރީޒް ބޮޑު ސްކޭލެއްގައި އުފައްދަން ނިންމާފައިވާ ކަމަށެވެ.
"ދަހާދް" އަކީ ޒޯޔާ އަޚްތަރު އަދި ރީމާ ކަގްޓީ އުފެއްދި ސީރީޒެކެވެ. މި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ ރާޖަސްތާންގައި 27 އަންހެނުން ގެއްލުނު މައްސަލައެއްގެ މައްޗަށެވެ. "ދަހާދް" އަކީ ބަރުލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކުރި ފުރަތަމަ އިންޑިއަން ސްޓްރީމިން ސީރީޒެވެ.
މި ސީރީޒް އިންސްޕަޔާވެފައިވަނީ ސައަނައިޑް މޯހަން ނަމަކަށް ކިޔުނު ސީރިއަލް ކިލަރެއްގެ ވާހަކައިންނެވެ. ސޮނާކްޝީ ސިންހާ ބުނެފައިވަނީ އަލުން އޭނާގެ ޔުނީފޯމް ލައިގެން މަސައްކަތްކުރަން ފެށުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމަށެވެ.
"ދަހާދް" ގެ ފުރަތަމަ ސީޒަން ޕްރައިމް ވީޑިއޯގައި ދައްކަން ފެށީ 12 މެއި 2023 ގައެވެ.

އެމޭޒަން
އެމޭޒަން
އެމޭޒަން
އެމޭޒަން