ބޮލީވުޑްގެ މެގާސްޓާރ އަމީތާބް ބަޗަން ކުރު މުއްދަތެއްގެ ބްރޭކެއް ނެގުމަށްފަހު އެނބުރި މަސައްކަތަށް ނިކުމެއްޖެއެވެ.
އަމީތާބްގެ ބްލޮގްގައި ލިޔެފައިވާ ގޮތުގައި ކުރިއަށް އޮތްތަނުގައި، "ކަލްކީ 2898 އޭޑީ 2" ގައި ފެންނާނެ އެވެ. "ކަލްކީ 2898 އޭޑީ" ގެ ފުރަތަމަ ބައިގައި ޕްރަބާސް އަދި ދީޕިކާ ޕަދުކޯން ބައިވެރިވެއެވެ. މި ފިލްމުގެ ދެވަނަ ބައި ނިންމުމަށް 3 އަހަރު ނަގާނެ ކަމަށް ޑައިރެކްޓަރު ބުނެފައިވެއެވެ.
އަމީތާބް ބަޗަން "ބޫތްނާތް 3" ގައިވެސް ފެންނާނެ އެވެ. މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މިއަހަރު އެވެ. "ބޫތްނާތް 3" ގައި އަމީތާބް އަދި ޝާހުރުކް ޚާން އެކުގައި ފެނިދާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.
އަމީތާބް އެންމެ ފަހުން ފެނުނީ 2024 ގެ ފިލްމު "ވެއްޓައިޔަން" ގައެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން