އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި އޭނާ ގުޅުންހުރި މީހަކު ހިމެނޭ ކަމަށް، އެ މައްސަަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހާމަކުރި މައުލޫމާތުތަކުން އެނގެން ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަމީންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުންނެވެ.
ޔުުމްނު ވެއްޓުނު މައްސަލައާ ގުޅުވައި މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު އަމީންގެ މައްޗަށް ހަތް ތުހުމަތެއް ކޮށްފައިވެއެވެ.
އެ ތުހުމަތުތަކުގެ ތެރެއިން އެ މައްސަލައިގައި އެމަނިކުފާނާ އާއިލީގޮ ތުން ގުޅުން އޮތް ބައެއްް ހިމެނޭ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އެގޮތުން ޔުމްނު ވެއްޓުނު ހާދިސާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އާއިލީގޮތުން އެމަނިކުފާނާ ގުޅުން އޮންނަ ބޭފުޅެއް ވާކަމަށް ތަހުގީގީ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އާއިލީ މީހަކުވާ ކަމަށް އެހެން ގޮތަކުންވެސް މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ބުއްދީގެ ހަމަތަކުން ބަލާއިރު، މި މައްސަލައަށް އެމަނިކުފާނު ނުފޫޒުފޯރުވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރުމަށް ތަހުގީގީ އެއްވެސް އިދާރާއަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގޭގައި ޣައިރު ގާނޫނީ އަމަލުތަކެއް ކޮށްފައިވާކަން މައްސަލައިގައި ފާހަގަކުރައްވާފައިވީ ނަމަވެސް އެ ގެއަކީ އެމަނިކުފާނުގެ އެކަނި ގެއެއް ނޫން ކަމަށާއި އެމަނިކުފާނާ އެއްބަނޑުއެއްބަފާ ތިން މީހެއް އެ ގެއަށް ނިސްބަތްވާ ކަމަށެވެ.
އެގޭގެ ވެރިންގެ ގޮތުގައި ގިނަ ބަޔަކު ހިމެނޭ އިރު، ވަކި މަގާމެއްގައި ހުންނެވީތީ، އެމަނިކުފާނަށް ބަލަދުނަރާ ބަޔަކު ކުރާ ޣައިރު ގާނޫނީ އަމަލެއްގެ ޒިންމާ ނެގުމަކީ އެއްވެސް އަސާސެއް ހުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ޔުމްނުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅަކު ހިމެނޭ ކަމަށް ތުހުމަތު ކުރާ އިރު، އެ ކަން ވެސް ތަހުގީގީ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށާއި އަދި އަމިއްލަފުޅަށް އެހެން ދަންނަވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މައްސަލައިގައި ބައެއް މައުލޫމާތުތައް ފުލުހުން ހާމަކޮށްފައިނުވަނީ އެމަނިކުފާނުގެ ނުފޫޒުން ކަމަށްވެސް ތުހުމަތުކުރާ ކަމަށެވެ.
ނަމަަވެސް މައުލޫމާތު ހާމަކުރުމާއި ނުކުރުމަކީ ފުލުހުންގެ ނިންމުމެއް ކަމަށާއި ފުލުހުންގެ އިދާރާއަކީ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ނޫންކަމުން، އޭގެ އެއްވެސް ކަމަކަށް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން