މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރުން އަންނަ މަހު 17 އިން 21 އަށް ތާވަލުކޮށްފިއެވެ.
މިއީ ބުރުނު ޝިކާރު ބާއްވާނެ ހަތްވަނަ ފަހަރެވެ. ބުރުނު ޝިކާރަކީ ރާއްޖޭގައި ބާއްވަމުންދާ އެންމެ ޒަމާންވީ ބޮޑީބޯޑިން އިވެންޓެވެ. އިވެންޓް މިއަހަރުވެސް ތާވަލު ކޮށްފައި ވަނީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބޭއްވުމަށެވެ.
ބުރުނު ސީރީސްއަކީ ބުރުނު ނަކަތާ ގުޅުވައިގެން ދީފައިވާ ނަމެކެވެ. އެ ނަން ދީފައިވާ މުބާރާތް އާއްމުކޮށް ބާއްވަމުން ދަނީ ރާއްޖޭގެ ބޮޑީބޯޑިން އެންމެ ޕީކް ދުވަސްކޮޅާ ދިމާކޮށެވެ. އެއީ ހުޅަނގު މޫސުމާވެސް ދިމާކޮށް، ރާޅުތައް ރަނގަޅު ދުވަސްކޮޅާ ދިމާކޮށެވެ.
އެންމެ ފުރަތަމަ ބުރުނު ސީރީސްގެ އިވެންޓް ބާއްވާފައި ވަނީ 2013 ވަނަ އަހަރުއެވެ. އެއީ ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފުރަތަމަ ވުޖޫދުވެގެން އައި ދުވަސް ކޮޅުގައެވެ.
ބުރުނު ޝިކާރު 2025 ގައި ފިރިހެން ޑިވިޝަނުގެ އިތުރުން އަންހެން ޑިވިޝަން، ޖޫނިއާ ފިރިހެން ޑިވިޝަނުގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީ ކުރިއަށް ދާނެއެވެ.
ރަޖިސްޓްރީ ކުރަން ބޭނުންވާ އެތުލީޓުން އަންނަ މަހު 12 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް އެސޯސިއޭޝަނުން އެދިފައިވެއެވެ.
މިއަހަރުގެ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ގުނާނީ ތިން މުބާރާތަކުންނެވެ. އެ ތިން މުބާރާތުން ޕޮއިންޓް ގުނުމުގެ ސަބަބުން މިފަހަކަށް އައިސް ބޮޑީބޯޑިން ލީގު އަބަދުވެސް ފެނިގެން ދަނީ ފޯރިގަދަކޮށެވެ.
އެންމެފަހުން ބޭއްވި ބުރުނު ޝިކާރުގެ ފިރިހެން ޗެމްޕިއަނަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ފުވައްމުލަކު ސިޓީގެ މުހައްމަދު އަޒާން އަހުމަދު ހޯދި އިރު، އޭނާއަކީ މިވަގުތު ޖޫނިއާ ޗެމްޕިއަނެވެ. އެންމެފަހުން ބޭއްވި ބުރުނު ޝިކާރު އިވެންޓްގެ ޑްރޮޕްނީ ޗެމްޕިއަނަކީވެސް ކުޑަ އައްޔައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)