ސްރީ ލަންކާގައި އެންމެ ގިނަ މީހުން މަރުވަނީ ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލަންކާގެ މިނިސްޓްރީ އޮފް ހެލްތުގެ ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ޔުނިޓުން އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ، މުޅި ގައުމުން ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން މަރުވަނީ ލޭގެ ޕްރެޝަރު މަތިވެގެން ދިމާވާ މައްސަލަތަކުގައި ކަމަށް ފާހަގަކޮށްފައެވެ.
ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޑރ ސަމިއްސީ ސަމަރަކޫން ވަނީ އެ މައުލޫމާތަކީ އެ ގައުމުގައި ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން ހިންގާފައިވާ ސާވޭއަކުން ފާހަގަވެފައިވާ މައުލޫމާތު ކަމަށް ފާހަގަކޮށްފައެވެ.
އެ ސާވޭއިން އެނގުނު ގޮތުގައި، ލަންކާގެ އާބާދީގެ 34.8 ޕަސެންޓް މީހުނަށް ވަނީ ލޭގް ޕްރެޝަރު މަތިވުމާ ގުޅިގެން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެފައެވެ.
ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން އެ ބައްޔަށް ފަރުވާ ނުހޯދާ ކަމަށާއި އެމީހުންނަށް ބަލީގެ ސަބަބުން އެހެނިހެން ސިއްހީ މައްސަލަތަކާ ކުރިމަތިވަމުންދާ ކަމަށް ފާހަގަވެފައިވާކަމަށް އެ ސާވޭއިން ވަނީ އެނގިފައެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން އަންނަނީ ކޮންމެ ފަސް އަހަރުން އެއް އަހަރު އެ ގައުމުގައި ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ސާވޭ ކުރަމުންނެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ