ނޮޓިންހަމް ފޮރެސްޓްގެ ނައިޖީރިއާ ފޯވަޑް، ޓައިވޯ އަވޮނިޔީގެ ބަނޑަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއެއް ފުރިހަމަކޮށް، ކޯމާއެއްގައި ބާއްވަން ނިންމައިފިއެވެ.
އުމުރުން 27 އަހަރުގެ އަވޮނިޔީއަށް އަނިޔާވީ ފޮރެސްޓުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ، 2-2 އިން އެއްވަރުވި މެޗުގައެވެ. އެ މެޗުގެ 88 ވަނަ މިނެޓުގައި އަވޮނިޔީ ގޮސް ގޯލުގެ ދަނޑިއަށް އަރާފައިވެއެވެ. އެއީ އެންތަނީ އެލަންގާ ނެގި ހުރަހެއް ގޯލަށް ވައްދާލަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.
އަވޮނިޔީއަށް މެޗު ތެރެއިން ގިނަ ވަގުތުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު، ހޮސްޕޮޓަލަށް ގެންދިޔައީ މެޗު ނިމުނު ފަހުން ގޯސްތަކެއް ފާހަގަކުރެވިގެންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަވޮނިޔީގެ ބަނޑަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އެ ޒަހަމްތައް ލިބިފައިވާ ބަނޑުގެ އެތެރެއަށެވެ.
އަވޮނިޔީ ފުރަތަމަ ހޮސްޕިޓަލަށް ގެންގޮސް ސާޖަރީއެއް ފުރިހަމަ ކޮށްފައިވާ އިރު، ފޮރެސްޓުން ބުނީ އޭނާގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށެވެ. އަދި އިތުރު ސާޖަރީއެއް މިއަދުގެ ވަގުތުގައި ފުރިހަމަ ކުރާނެ ކަމަށްވެސް ފޮރެސްޓުން ބުންޏެވެ.
ފޮރެސްޓުން ބުނީ އަވޮނިޔީ ކޯމާގައި ބާއްވާފައި އޮތީ ރައްކާތެރިކަމަށް ކަމަށާއި، ހާލު އެއްކޮށް ސްޓޭބަލް ވުމުން ކޯމާއިން ނެގޭވަރު ވާނެ ކަމަށެވެ.
އަވޮނިޔީއަށް އަނިޔާވީ އޮފްސައިޑްގައި އޮވެ ބޯޅައަކަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. އެ ބޯޅަ ގޯލަށް ވަން ނަމަވެސް ގޯލަކަށް ނުގުނާނެއެވެ. މިހާރު ރެފްރީންނަށް ދީފައިވާ އިރުޝާދުގައިވާ ގޮތުން، އޮފްސައިޑްހެން ހީވި ނަމަވެސް، ޔަގީން ނުވާނަމަ ވީއޭއާރަށް ނިންމުން ދޫކޮށް، ކުޅުން ނިމެންދެން މަޑުކުރަން ޖެހެއެވެ.
އެގޮތަށް އެކަން އޮތުމުން ބައެއް ފަހަރު ބޭކާރު އަނިޔާ ކުޅުންތެރިންނަށް ލިބޭތީ، އެކަމަށް ތަކުރާރުކޮށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ތިޔަމީހާ އަވަހަށް ރާއްޖެ ގެނެސް ޅެމުން ފަރުވާ ދޭންފެނޭ.
ހުދުހުދު - 1 އަހަރު ކުރިން