މަޝްހޫރު ބޮލީވުޑް އެކްޓަރު ގޯވިންދާ ފިލްމުތަކުގައި މަސައްކަތް ނުކޮށް ގޭގައި ހުންނާތީ، އަންހެނުން ސުނީތާ އަހުޖާ ފާޑުކިޔައިފިއެވެ. ޒޫމް އަށް ދިން އިންޓަވިއުއެއްގައި ސުނީތާ ބުނީ ގޯވިންދާގެ އުމުރުގެ ގިނަ އެކްޓަރުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގޯވިންދާ މިދިޔަ 6 އަހަރު ތެރޭގައި އެއްވެސް ފިލްމަކުން ފެނިފައެއް ނުވެއެވެ. ސުނީތާ ވަނީ އަނިލް ކަޕޫރު، ސުނީލް ޝެޓީ އަދި ޖެކީ ޝްރޮފް ފަދަ އެކްޓަރުން މިހާރުވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްފައެވެ. ގޯވިންދާ އަކީ 1990 ގެ އަހަރު ތަކުގައި އެންމެ މަގުބޫލު އެކްޓަރުންގެ ތެރެއިން އެކެކެވެ.
ގޯވިންދާ އެންމެ ފަހުން ފެނުނީ 2019 ގެ ފިލްމު "ރަންގީލާ ރާޖާ" ގައެވެ. ސުނީތާ ބުނި ގޮތުގައި ގޯވިންދާ ބޮޑު ސްކްރީނުން ދުރުވެފައި ވަނީ ރައްޓެހިންގެ ސަބަބުންނެވެ.
ސުނީތާ އާއި ގޯވިންދާ ކައިވެނިކުރީ 1986 ގައެވެ. އެ ދެމަފިރިންގެ ދެ ދަރީން ތިބެއެވެ. އޭގެ ތެރެއިން ފިރިހެން ދަރިފުޅު ޔަޝްވަރުދަން އަހުޖާ އަކީ ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން އަންނަ އެކްޓަރެކެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް