އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް މާލޭގައި ބާއްވަމުންދާ އާއިލީ ހަވީރު "އެލައިޑް ފެސްޓް" އަތޮޅުތެރެއަށް ފުޅާކޮށް، ކުޅުދުއްފުށި ސިޓީގައި އެ ހަރަކާތް ކުރިއަށްގެންގޮސްފިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ ކުޅުދުއްފުށީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަވީރު އިންތިޒާމުކޮށްފައިވަނީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، ފުލުހުން އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.
އެލައިޑުން ބުނީ އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއެކު ކުރިއަށްގެންދިޔަ އެ ހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދިން ތަރުހީބު ފާހަގަކޮށް އެލައިޑުން ވަނީ އެ ހަރަކާތް މިހާ ފުރިހަމަ ގޮތެއްގައި އިންތިޒާމުކުރުމަށް އަތުގުޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
އެލައިޑުން މައުލޫމާތުދޭގޮތުގައި އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިއަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާ ގުޅުންހުރި މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސަންޓް ޑިސްކައުންޓް ލިބޭ އޮފާއާ ބެހޭ މައުލޫމާތު ހިމެނެއެވެ.
އޭގެ އިތުރުން މިމަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއްކަމުގައިވާ "ކަމަނަ"އިގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100 ޕަސަންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންގެ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް