ކަނޑުމަގުން ގެންނަ ކޮންޓެއިނަރުތަކުން މަސްތުވާތަކެތި ހޯދުމަށް ކޮންޓެއިނަރު ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ އަހާ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރުން މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށްޓަކައި، ހާއްސަގޮތެއްގައި ޕޯސްޓުގެ ޒަރިއްޔާއިން އަންނަ ޕެކޭޖުތައް ސްކޭންކުރުމަށް ހާއްސަ މަސައްކަތްތަކެއް މިހާރު ކުރެވިގެންދާ ކަމަށެވެ.
"އެއާޕޯޓު މެދުވެރިކޮށް އަންނަ ޕެކޭޖުތައް ވެސް ހާއްސަކޮށް އަޅުގަނޑުމެން ބަލަމުން އެބަ ގެންދަން. އަދި އޭގެ ތެރެއިން އިންޓަސެޕްޓް ކުރެވޭ އަދަދު ވަރަށް އިތުރުވެފައި އޮތީ. އެއާއެކުގައި ސީ ކާގޯގައި މިހާރު މި އަންނަ ކޮންޓެއިނަރުތައް ސްކޭން ކުރުމަށްޓަކައި ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން މިދަނީ ކުރަމުން. އެއާ ހިސާބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސީ ބޯޑަރުން މި އެތެރެވާ ކަންތައް ހައްލުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މި ފާއިތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާނެ ކަމަށާއި އެއީ މަގުމަތީގެ އަގުން ނަމަ، 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ. އޭގެ އިތުރުން 9000 އަށްވުރެ ގިނަ ރާ ފުޅި އިންޓަސެޕްޓް ކުރެވިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް މަސައްކަތްކުރަނީ އޭގެ ވިޔަފާރީގެ މިންވަރު ދަށްކުރުމަށް ފޯކަސްކޮށްގެން ކަމަށާއި މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި އަތުލައިގަންނަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު މުޅި ރާއްޖެއަށް ފުޅާކޮށްގެން ތަހުގީގުތަކެއް އެބަ ގެންދަން. މިވަގުތު ވެސް މަނީ ލޯންޑަރިން ފްރޮންޓުން އަޅުގަނޑުމެން މި މައްސަލަ މި ބަލަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މަސްތުވާތަކެތި ވިއްކާ މީހުން އަދި އޭގެ މުލުގައި ތިބޭ މީހުން މަސްތުވާތަކެއްޗާ އެކުގައި އެ އެއްޗެހި ވިއްކަމުން ނުދާ ކަމަށާއި އޭގެ ބަދަލުގައި އެމީހުން އެ ތަކެތި ވިއްކަނީ އެހެން ބަޔަކު މެދުވެރިކޮށް ކަމަށެވެ. އަދި ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަނެވެނީ ވެސް އޭގެ މެދުތެރޭގައި ތިބޭ މީހުން ނުވަތަ އެންމެ ދަށުގައި ހުންނަ މީހާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކި ވިޔަފާރިތަކުގެ ފަހަތުގައި ފިލައިގެން ތިބެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މީހުންނަށް ރާއްޖޭގައި ދެން އެކަން ނުކުރެވޭނެ ކަމަށާއި އެމީހުން ފަހައި ދުވެ، އެމީހުން ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ނުކުރެވޭނެ ހުސްފޮނި ތިކަނޑަނީ! ނުސްކުރާނެ މިހާރުވެސް ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އެއްމެ ބޮޑުދެސިޓީ ގައެބަތިބި މުޅިރާއްޖެއަށްސަޕްލައިކޮށްދޭ ކަމުގެ ތުހުމަތު ކުރެވޭ ވަރުގަދަ ތިންހަތަރު މީހުން އެކަމަށް ޓަކާ ބޯޓްފަހަރުބަދެ އެދުއްވާ! ކުރީގެ މެމްބަރެއް އަދި ކުރީގެ ރައީސެއް އޭގެ އަޑީ ގަތިބިކަމަށްތުހުމަތު ކުރެވެނީ! އޭގެފައިސާ ޚަރަދުކޮށްގެން މިހާރުވެސް މެމްބަރުން ހޮވިފަވެސް އެބަތިބި ކަމުގެ ތުހުމަތު އެބަކުރެވޭ މިހާރު ވެރިމީހގެ އަރިހު ބުނާހާގޮތަކަށް ވޯޓަށް ފިތަން އެތިބެނީ ދެންކޮންމަސްއަލައެއް ބެލޭނީ
ބޭބެ - 1 އަހަރު ކުރިން
މިއޮތް ހުރިހާ ދުވަސްވީއރު ވެސް ސްކޭނަރެއް ނުހޯދުނު....ޙައްލަކީ ހަމަ ޢުމަރު
ހުދުހުދު - 1 އަހަރު ކުރިން