އިންޑިއާގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގްރޫޕް އޭގައި ބޫޓާނުް ކައިރިން ބަންގްލަދޭޝް މޮޅުވުމާއެކު ރާއްޖެއަށް އުންމީދު ބޮޑުވެއްޖެއެވެ.
މި އަހަރުގެ 19 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕް މިއަދު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި ކުރިއަށްދަނީ ޔޫޕިއާގައެވެ. މެޗުތައް ކުޅެނީ ޔޫޕިއާގެ ގޯލްޑަން ޖުބްލީ އައުޓްޑޯ ސްޓޭޑިއަމްގައެވެ.
މި މަހުގެ 9 އިން 18 އަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރެއެވެ. ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި ބޫޓާނާއެކުގައެވެ. ދެން އޮތް ގްރޫޕްގައި ހިމެނެނީ މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިއާއާއި ދެ ފަހަރު ތަށި ހޯދާފައިވާ ނޭޕާލް އަދި ސްރީ ލަންކާއެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝްއާ، 2-2 އިން އެއްވަރުކުރި އިރު، ދެން އިއްޔެ ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ބޫޓާން ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. ބަންގްލަދޭޝްގެ ގޯލުތައް ޖެހީ އެމްޑީ މުރްސެދު އަލީއާއި ސްރީ ސުމަން ސޮރަންގެ އިތުރުން ނަޒްމުލް ހުދާ ފަޔެސަލްއެވެ.
އެ ނަތީޖާ އާއެކު ބަންގްލަދޭޝް މި ވަގުތު އެއްވަނައިގައި އޮތްއިރު، މާދަމާ ރާއްޖެއާއި ބޫޓާން ވާދަކުރާ މެޗުން ދެވަނަ ޓީމު ޔަގީންވާނެއެވެ. އެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ، ރާއްޖެއަށް އެއްވަނަ ހޯދެން އޮތްއިރު، އެއްވަރު ކޮށްލައިގެންވެސް ސެމީއަށް ދިއުމަށް ފުރުސަތު އެބަ އޮތެވެ.
ގްރޫޕް ބީގައި އިއްޔެ ނޭޕާލުން 5-0 އިން ސްރީ ލަންކާ ބަލިކުރި އިރު، އެ ގްރޫޕުން ލަންކާ ވަނީ ކަޓައިފައެވެ.
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް