ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލު ދެއްކުމުގެ މުއްދަތު އަނެއްކާވެސް ފަސްކޮށްދީފިއެވެ.
އެސްބީއައި މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ދިނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގައެވެ. އޭގެ ތެރެއިން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ވަނީ 50 މިލިއަން ޑޮލަރުގެ އެއް ޓީބިލް އަނބުރާ ދައްކައިފައެވެ.
ބާކީ ނުދައްކާ އޮތީ 100 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި އޮތް ނަމަވެސް އެ ފައިސާ އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް ދަންމާލި އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ދައްކަން ޖެހިފައި އޮތް ތިންވަނަ ޓީ ބިލުގައި ހިމެނޭ 50 މިލިއަން ޑޮލަރުވެސް އަނބުރާ ދައްކަން ދިވެހި ސަރުކާރަށް އިތުރު އެއް އަހަރު ވަނީ ދީފަ އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މަހު ދައްކަން ޖެހިފައި އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވާތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ރާއްޖެއަށް ކޮންމެހެން ބޭނުންވާ މާލީ އެހީތެރިކަން އިންޑިއާ އިން ފޯރުކޮށްދޭތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވި އެވެ.
ހަލީލު ވިދާޅުވީ، މިކަމުން ދައްކައިދެނީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގާތް ގުޅުން ކަމަށެވެ. އަދި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމުން ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅަމުން އަންނަ މާލީ އިސްލާހުތައް ގެނައުމަށް ސަރުކާރަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް