ޝާހުރުކް ޚާންގެ 2023 ވަނަ އަހަރުގެ ބްލޮކްބަސްޓަރ ފިލްމު "ޕަތާން" ގެ ދެވަނަ ބައި ޗިލީގައި ޝޫޓްކުރަން ނިންމައިފިއެވެ. މިއީ ވައިއާރުއެފް ސްޕައި ޔުނިވަރސްގެ 8 ވަނަ ފިލްމެވެ.

"ޕަތާން 2" ޝޫޓްކުރަން ފަށާނީ އަންނަ އަހަރުއެވެ. ޗިލީގެ ރައީސާއި ސަޤާފަތާއި ފަންނުވެރިކަމުގެ ވަޒީރު ވަނީ އިންޑިއާއަށް ޒިޔާރަތްކުރައްވައި، ޗިލީގެ މަންޒަރުތައް އިންޑިއަން ފިލްމުތަކުގައި ދެއްކުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

"ޕަތާން 2" އަކީ "ޓައިގަރު ވަރސަސް ޕަތާން" ގެ ކުރިން ހިނގާ ވާހަކައެކެވެ. މި ފިލްމުގައި ޝާހު އަދި ދީޕިކާ ޕަދުކޯން ބައިވެރިވާނެ އެވެ. އަނިލް ކަޕޫރުވެސް މި ފިލްމުން ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އަނިލް ކަޕޫރު ވައިއާރުއެފް ސްޕައި ޔުނިވަރސްގެ ކުރިއަށް ހުރި ހުރިހާ ފިލްމެއްގައި ފެންނާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. އޭނާ ފުރަތަމަ ފެންނާނީ "ވޯރ 2" ގައެވެ. އޭގެ ފަހުން "އަލްފާ" އަދި "ޕަތާން 2" އިންނެވެ.

"ޕަތާން" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ދެވަނަ ބައެއް ހަދާން ނިންމީ ފުރަތަމަ ބައިގެ ކާމިޔާބާ ގުޅިގެންނެވެ.