މާލެ ސަރަހައްދުގައި ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖައްސައިފިއެވެ.

ސްޓެލްކޯ އިން މާދަމާއަށް ތާވަލުކޮށްފައިވާ އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެ ސަރަހައްދަކާއި މާލޭގެ ސަރަހައްދެއްގައެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެ ފޭސް އެކެއްގެ ނިރޮޅުމަގު އަދި ޗަންބޭލީމަގު ގޯޅި 7 އަދި 9 ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއްގެ ކެލާމަގު، ކާނިމަގު އަދި ނިރޮޅުމަގު ގޯޅި 20 އަދި 21 ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އޭގެ އިތުރުން މާލޭގެ ވައިދެރި ހިނގުން އަދި ބުރުޒުމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 9:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.