ޗައިނާގައި މިމަހު ކުރިއަށްދާ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި، ރާއްޖެ ތަމްސީލްކުރުމަށް އާދަމް ރިއްފަތަށް ފުރުސަތު ދީފިއެވެ.
ޗައިނާގެ ޗޮންޗިންގައި މި މަހުގެ 14-16 އަށް ކުރިއަށްދާ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރިއްފަތު ވާދަކުރާނީ 200 މީޓަރު ދުވުމުގައި ކަމަށް އެތުލެޓިކްްސް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެެވެ.
ރިއްފަތަކީ އެންމެފަހުން ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދި އެތުލީޓްވެސް މެއެވެ. އޭނާ ރޭސް ނިންމީ 22.59 ސިކުުންތެެވެ.
އުމުރުން 20 އަހަރުގެ ރިއްފަތަކީ އުންމީދީ ދުވުންތެރިއެކެވެ.
ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރިއްފަތާއެކު، ކޯޗެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރާނީ ހުސެއިން އިނާސެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް