ސްޓެލްކޯ އިން ކ. ހިންމަފުއްޓަށް އާ ޖެނަރޭޓަރު ސެޓެއް ފޮނުވައި ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އާ ޖެނަރޭޓަރު ސެޓެއް ފޮނުވާފައިވާ ކަމަށެވެ.

ހިންމަފުއްޓަށް 500 ކިލޯވޮޓްގެ އާ ޖަނަރޭޓަރުސެޓެއް ފޮނުވައި، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ ޖަނަރޭޓަރު ސެޓާއެކު، ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ ވަނީ 2414 ކިލޯވޮޓްއަށް އިތުރުކުރެވިފައިވާ ކަމަށެވެ.