ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އީފާސްގެ މެދުވެރިކޮށް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމް އީފާސް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަކިވަކި ފަރުދުން މިހާރު ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމު ލިސްޓުތައް ކުރިއެކޭ ވެސް އެއްގޮތަށް ބަލައިގަންނާނެ ކަމަށް ބުންޏެވެ.
ޑީޖޭއޭ އިން ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަން ޖެހޭނީ އެ ޑިޕާޓްމެންޓްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން