ހުޅުމާލޭގައި ހެދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކޮށްގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި މިނިސްޓްރީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭގައި ހުރި ތެލަސީމިއާ ސެންޓަރު ބާވެ، އެ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒު ވަނީ އޮރެންޖު ހިޔާ ތަރައްގީކޮށް އެތަނަށް އެ ސެންޓަރު ބަދަލުކުރަން ވެރިކަމުގެ ވަރަށް ކުރީކޮޅު ނިންމަވައިފައެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީ ރައީސް ވަނީ، މަސް ދުވަސް ތެރޭގައި އެ ސެންޓަރު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުފައިވާ ގޮތުގައި އޮރެންޖު ހިޔާ ނިންމަން އެމްއެންޑީއެފާ ހަވާލުކުރީ މަސައްކަތް އަވަސްކުރުމަށެވެ. އަދި އެމްއެންޑީއެފުން އެކަން ކުރަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
އެގޮތުން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
އޮރެންޖު ހިޔާއަކީ ކޮވިޑް-19 ގެ ދުވަސްވަރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް