ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާކާޑުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކައި ވިޔަފާރިކޮށްގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ ވިސާކާޑުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކައިގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނުގެ މުއްދަތުގައި ހަތަރު އާއިލާއެއް ހޮވާނެ ކަމަށެވެ.

އެ ދަތުރުގައި ލިބޭ އިނާމަކީ:

  • ހަތަރު މީހުންގެ ދެކޮޅު ޓިކެޓް
  • ހަތަރު ދުވަހުގެ ހުރުން
  • ދަތުރުގައި ބޭނުންކުރުމަށް 500 ޑޮލަރު

ބީއެމްއެލުން ބުނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމުލަ 5،000 ރުފިޔާގެ ވިޔަފާރިކުރުމުން އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށާއި އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/win-a-family-trip-to-malaysia އިން ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.